ރާއްޖެއަށް ތެޔޮ އެތެރެކުރާ މޯލްޑިވް ގޭސްއާއި ވިލާއިން އާންމުކޮށް ވިއްކާ ވަރަށް ވުރެ މަދުން ގޭސް ވިއްކާތާ ދުވަސްތަކެއް ފަހުން، އެ މައްސަލަ ހައްލުކޮށް، 10 ކިލޯގެ ގޭސް ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއާއި ވިލާއިން ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
މިިދިޔަ ދެ ހަފްތާއެއްހާ ދުވަހު ގޭސް ވިއްކީ ކޮންޓްރޯލްކޮށްގެންނެވެ. އެއީ ގޭސް ސަޕްލައި ކުުރުމުގައި ދިމާވި ސަބަބާއި ގުޅިގެން ގޭހަށް ނުޖެހޭނެ ގޮތް ހެދުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
މިމައްސަލަ ދިމާވުމާއި ގުޅިގެން އެސްޓީއޯއިން ބުނީ، ދުނިޔޭގައިވެސް އަދި ސަރަޙައްދީގޮތުންވެސް ބާޒާރުގައި ސަޕްލައިއަށް ލޮޅުންތަކެއް އަރާފައިވާކަމަށާއި، އޭގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިކަމަށްވާ މޯލްޑިވް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސްފުޅިކަމަށެވެ.
ނަމަވެސް ގޭހުގެ ސްޓޮކް އިޔާދަކުރެވި، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށާފައިވާ ކަމަށް ދައުލަތުގެ މީޑިއާއަށް އެސްޓީއޯއިން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ. އެސްޓީއޯއިން ވަނީ މިހާރު މިމައްސަލަ ހައްލުކުރެވުމާއެކު ކުރިއަށް އޮތް ތަނުގައި އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބޭނެ ކަމުގެ ޔަގީންކަންދީފައެވެ.
އާންމުގޮތެއްގައި ވެސް ރަމަޟާން މަހަކީ ކައްކާ ގޭހަށް އޮންނަ ޑިމާންޑު ބޮޑުތަނުން އިތުރުވާ މަހެކެވެ. އެހެންކަމުން، ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މެދުނުކެނޑި ގޭހާއި އެހެނިހެން އަސާސީ ކާބޯތަކެތި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.