މި މަހުގެ ފުރަތަމަ 13 ދުވަސްތެރޭ މަސްވެރިންނަށް 11.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިމަހުގެ މިހާތަނަށް މިފްކޯއަށް 280އަށްވުރެ ގިނަ ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަައް ދައްކާގޮތުގައި މިމަހުގެ މިހާތަނަށް މިފްކޯއަށް 285 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ. އަދި އެ ދޯނިތަކަށް މުޅި ޖުމްލަ 11،816،436 (11.8 މިލިއަން) ރުފިޔާ ވަނީ ދޫކޮށްފައެެވެ.

މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ، މިމަހުގެ 7ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހު މިފްކޯއަށް މަސްކިރުވި 26 ދޯންޏަކަށް މުޅި ޖުމްލަ 1،469،010 (1.5 މިލިއަން) ރުފިޔާ ވަނީ ދޫކޮށްފައެވެ.

ސަރުކާރުން ދަނީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި މަސް ރައްކާ ކުރުމުގެ ޤާބިލްކަން ދެގުނަ ކުރުމަށާއި، ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.