އާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުރި 50 އުޅަނދެއް ހުޅުމާލެ މަގުތަކުން ޓޯކޮށްފިއެވެ.

ފުލުހުން ޢާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި 48 ގަޑިއިރުތެރޭ މާލެއިން ޖުމްލަ 50 ދެ ފުރޮޅޫލީ އުޅަނދު ޓޯކޮށްފައިވެއެވެ.

މި އުޅަނދުތަކުގެ ތެރެއިނ 48 އުޅަނދެއް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެއީ ދެ ފުރޮޅުލީ 43 އުޅަނދާއި ހަތަރު ފުރޮޅުލީ 5 އުޅަނދެވެ.މާލެ ސަރަހައްދުގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކްކުރާ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއްކަމަށާއި އެގޮތުން، ދެފުރޮޅުލީ އުޅަނދު ގަވާއިދާ ޚިލާފަށް ޕާކްކުރުން އިތުރުކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ މިފަދަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.