ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކުރުމުން 200 އަަށްވުރެ ގިނަ ޝަކުވާ ލިބިފައިވާއިރު އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ޓްރައިނަރު ފާތިމަތު ޒުހުދާ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަމުން ޒުހުދާ ވިދާޅުވީ ވޯޓާސް ރަޖިސްޓްރީ ޝަކުވާ ހުށަހެޅުމަށް ޖަނަވަރީ 18 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަ އަށް ހުޅުވާލާފައިވާކަމަށެވެ. އަދި މިހާރު ލިބިފައިވާ ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތްތަށް ކުރަން ފަށާފައިވާކަމަށް ޒުހުދާ ވިދާޅުވިއެވެ.

ހަމަ މިއާއެކު އިންތިހާބުގައި ވޯޓު ލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ރިސޯޓުތަކާއި، ސިނާއީ ތަންތަން ހިމެނޭހެން ޖަލުތަކާއި، ގްރޭޓާ މާލޭ އޭރިއާ އަދި އަތޮޅުތަކުގައި ބަހައްޓާ ވޯޓު ފޮށި ތަކުގެ މައުލޫމާތުތައް އިއުލާނުކޮށްފައިވާނެކަމަށް ޒުހުދާ ވިދާޅުވިއެެވެ.

ޒުހުދާ ވިދާޅުވީ އެ ވޯޓު ފޮށިތަކަށް ރީ ރަޖިސްޓާ ކުރުމުގެ މަރުހަލާ ފެށުމަށް ވާންޖެހޭ ތައްޔާރީތަށް ވާން ފަށާފައިވާކަމަށެވެ. އަދި ޖަނަވަރީ 3 ވަނަ ދުވަހުން ފެށިގެން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން ޓްރެއިން ކުރާ ޓްރެއިންރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށް ޒުހުދާ ވިދާޅުވީ އެ ޕްރޮގުރާމްތައް ނިންމާ މިހާރު ޓްރެއިންރުން އަތޮޅުތެރޭގަ އަދި މާލޭގަ ވެސް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން ޓްރެއިން ކުރަން ފަށާފައިވާކަމަށެވެ.

މީގެ އިތުރުން ގައުމީ އިލެކްޝަންސް ކޮމްޕެންސް ބިއުރޯ އެކްޓިވޭޓް ކުރެވިގެން ދާނެ ކަމަށާއި ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަ ބައްދަލުވުން ބާއްވާފައިވާކަމަށް ޒުހުދާ ވިދާޅުވިއެވެ.

"ގައުމީ އިލެކްޝަންސް ކޮމްޕެންސް ބިއުރޯ ވެސް ކެންޑިޑެންސީ އިއުލާން ކުރާ ދުވަހުން ފެށިގެން ގާއިމު ކުރެވި އެކްޓިވެ ކުރވިގެން ދާނެ. އެއާ އެއްކޮށް އަޅުގަނޑުމެން މިއަދު މިވަނީ ގައުމީ ލަފާދޭ ކޮމިޓީ، އަޅުގަނޑުމެންގެ ކޮންމެ އިންތިހާބެއްގައިވެސް މި އޮންނަ އެ ކޮމެޓީ އެކުލަވާލެވިފައި އެ ކޮމެޓީގެ ފުރަތަ ބައްދަލުވުންވެސް ބޭއްވިފަ."

ފާތިމަތު ޒުހުދާ/ އިލެކްޝަން ކޮމިޝަންގެ ޓްރައިނަރު

ޒުހުދާ ވިދާޅުވީ އޮންލައިން ސާވިސްތަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމާއި، އިސީ އިން ދޭން ބޭނުންވާ މައުލޫމާތު ދިނުމުގެ މަސައްކަތްތަށް ކުރަމުން ގެންދާކަމަށެވެ. އަދި އިންތިހާބާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ވާނަމަ އީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، ކޯލް ސެންޓާ އިން މައުލޫމާތު އޮޅުންފިލުވޭނެ ކަމަށްވެސް ޒުހުދާ މައުލޫމާތުދެއްވިއެވެ. ޒުހުދާ ވިދާޅުވީ ދަންވަރު 12:00 އާ ހަމައަށް ކޯލް ސެންޓަރު އެކްޓިވް ކޮށްފައިވާނެކަމަށެވެ.