އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ތަޚުޞީސްކުރައްވަނީ އައްޑު އަތޮޅުގެ މަޝްހޫރު ޅެންވެރިޔާ ޙަސަން ލަބީބަށެވެ.
ޙަސަން ލަބީބު ފާހަގަކޮށްލެވެނީ ޅެންވެރިކަމާއި އަދަބީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން ޅެންވެރިކަމުގެ ކްލާސްތައް ހިންގެވުމާއި، ޅެންވެރީންގެ ހަވީރުގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ޖަމިއްޔާ މެދުވެރިކޮށް މިހާރުވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް އެ ދާއިރާކަށް ކޮށްދެއްވަމުންނެވެ.
ޙަސަން ލަބީބަކީ ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު މ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ހަސަން ލަބީބަކީ ދިވެހި ބަހާ އަދަބިއްޔާތުގެ ދާއިރާއިން 1960ވަނަ އަހަރުން ފެށިގެން ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ކިޔަވައިވިދާޅުވާން އުޅުއްވި ދުވަސްވަރު ސްކޫލް މަޖައްލާތަކުގައި ލިޔުއްވަން އުޅުއްވި ދުވަސްވަރުން ފެށިގެން ވަނީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފަށްޓަވާފައެވެ.
އޭނާ ޅެން ހައްދަވަން ފެށްޓެވީ އުމުރުފުޅުން 15 އަހަރުގައެވެ. އެ ޒަމާނުގައި ނެރުނު ފަތްތޫރަތަކުން ލަބީބް ގެ ލިޔުންތައް ފެންނަން ހުންނާނެއެވެ. އޭގެ ފަހުން އެކި ގޮތް ގޮތުން ޅެންވެރިކަން އުނގަންނައިދީ 200 އެއްހާ ޅެންވެރިން މި ދާއިރާއަށް ޙަސަން ލަބީބު ނެރެދެއްވާފައިވެއެވެ.