މާލޭގެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގައި ދިމާވާ ދަތިތައް، އެކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ވެރިން، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ރައީސް ވަނީ، މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި އެ ކުންފުނިތަކުގެ ވެރިންނަށް، މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި ދިމާވާ ހުރިހާ ދަތިތައް ރައީސަށް ހުށަހަޅަން ފުރުސަތު ދިން ކަމަށެވެ.
އެގޮތުން، މުދާ އުފުލާ ގަޑިއާއި ވަސީލަތްތަކާއި އިދާރީ ނިޒާމް ހަރުދަނާކުރުމުގެ ކަންބޮޑުވުން އެ ވެރިން ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިން ހުށަހެޅުއްވި ކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މުދާ ކްލިއާ ކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރެއްވިއިރު، މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ރާއްޖެއަށް މުދާ އެތެރުކުރުމުގައި ހޭދަވާ ޑޭމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ދިގުކުރަން މިދިޔަ މަހު 17ގައި، އެ މަނިކުފާނު ވަނީ ނިންމަވަފާއެވެ.