40 މީޑިއާއަކަށް ހަތާވީސް މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ކޮންމެ އަހަރަކު އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ޕޮއިންޓު އުސޫލުން މީޑިއާތަކަށް ފައިސާ ދިނުމަށް ނިންމާފައިވެ އެވެ.
މީޑިއާތަކަށް މާލީ އެހީތެރިކަން ދިއުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވެ، 40 މީޑިއާއަކަށް ފައިސާ ލިބޭ ކަމަށް ވަނީ ކަނޑައަޅަފައެވެ. މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު ޔޫތު މިނިސްޓްރީއަށް އެންގުމުން މި މިނިސްޓްރީން ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފައެވެ.
އެގޮތުން 40 މީޑިއާއަކަށް 27،295،532.69 (ހަތާވީސް މިލިއަން ދެ ލައްކަ ނުވަދިހަ ފަސް ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާ ފަސްދޮޅަސް ނުވަ ލާރި) ވަނީ ދީފައެވެ.
މާލީ އެހީތެރިކަމަށް ޝަރުތު ހަމަވާ 41 މީޑިއާއެއްގެ މައުލޫމާތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއިން މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް ފޮނުވީ މިދިޔަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހު އެވެ. ފައިސާ ލިބުމަށް ޝަރުތު ހަމަވަނީ ފޯމުތައް އިވެލުއޭޓް ކުރުމަށް ފަހު 100އިން 60 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީޑިއާ ތަކަށެވެ.