ޑިސެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 28619 މީހުން ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 28619 މީހުން ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ނޮވެމްބަރު މަހުގައި 32859 މީހުން ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ 2025 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާ ބަލާއިރު، ޑިސެމްބަރ މަހު، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު މަދުވެފައިވާކަމަށެވެ.
ހަމަ މިއާއެކު ޑެންގޫ ޖެހިގެން ނޮވެމްބަރު މަހުގައި 382 މީހުން ރިޕޯޓު ކޮށްފައިވާކަމަށާއި ޑިސެމްބަރު މަހުގައި 413 މީހުން ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. އަދި ޑިސެމްބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވަނީ އިތުރުވެފައިކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން އިންފްލުއެންޒާ އަށް ޑިސެމްބަރު މަހުގައި 560 މީހުން ޓެސްކޮށް 152 މީހަކު ޕޮސިޓިވް ވެފައިވާކަމަށާއި ނޮވެމްބަރު މަހުގައި ޓެސްކޮށްފައިވަނީ 516 މީހުން އަދި އޭގެ ތެރެއިން ޕޮސިޓިވް ވެފައިވަނީ 121 މީހުން ކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައިވެއެވެ. އެޗްޕީއޭ އިން ބުނީ ނޮވެމްބަރ މަހާ އަޅާބަލާއިރު އިންފްލުއެންޒާގެ އަލާމަތްތަށް ހުރެގެން ޓެސްޓުކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރު ތެސްޓުކޮށްފައިވާ 4407 ސާމްޕަލްގެ ތެރެއިން 1270 ސާމްޕަލް ޕޮސިޓިވް ވެފައިވާކަމށްވެސް އެޗްޕީއޭ އިން މައުލުމާތުދެ އެވެ.
ހަމަ މިއާއެކު ބޭރަށް ހިންގުން ޖެހިގެން ނޮވެމަބަރ މަހުގައި 4102 މީހުން ރިޕޯޓު ކޮށްފައިވާކަމަށާއި ޑިޗެމްބަރު މަހުގައި 2931 މީހުން ރިޕޯޓު ކޮށްފައިވާކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ނޮވެމްބަރުމަހާ އަޅާ ބަލާއިރު ޑިސެމްބަރު މަހުގައި ބޭރަށް ހިނގުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވަނީ މަދުވެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން އަންނަނީ ބަލިތަކުން ރައްކާތެރިވެ ތިބޭނެ ގޮތުގެ އިރުޝާދު ދީ، ބަލިތަކުން ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.