ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން މިހާތަނަށް 301 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ދޫކޮށްފިކަން ހާމަވެއްޖެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން މުޅި ޖުމްލަ މިހާތަނަށް 301،667،125.73 ރުފިޔާ ދޫކޮށްފައިވެއެވެ.
އެގޮތުން 2025 ވަނަ އަހަރުގައި 151،302،259.00 ރުފިޔާ ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ފާހަގަކުރެވެއެވެ.
މީގެ އިތުތުން މިހާތަނަށް ރަޖިސްޓްރީ ވެފައިވަނީ 5،863 ދަރިވަރުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 3765 އަންހެނުން ކަމަށާއި 2098 ފިރިހެނުން ކަން ފާހަގަކުރެވެއެވެ. އަދި 2025 ގައި 2798 ދަރިވަރުން ރަޖިސްޓްރީވެފައިވީ އިރު އޭގެތެރޭގައި ހިމެނެނީ 1790 އަންހެނުން އަދި 1008 ފިރިހެނުންކަން ފާހަގަކުރެވެއެވެ.
ހަމަ މިއާއެކު މިހާތަނަށް ދަސްވެނިވެފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނެނީ ޖުމްލަ 6640 ދަރިވަރުން ކަމަށާއި އެއީ 4370 އަންހެނުން އަދި 2270 ފިރިހެނުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 2025 ވަނަ އަހަރު 2181 އަންހެނުންނާއި 1105 ފިރިހެނުން ދަސްވެނިވެފައިވާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން މިވަގުތު ފުރަތަމަ ޑްގުރީގެ ދަށުން 8680 ދަރިވަރުން ކިޔަވާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 5486 އަންހެނުން އަދި 3194 ފިރިހެނުން ހިމެނޭކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ތަފަސް ހިސާބަކީ 2024 އައި 2025 ގެ ތަފާސް ހިސާބެއްކަން ފާހަގަކުރެވެއެވެ.