ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވިއައިއޭ)ގެ އައު ޓާމިނަލުގެ ސީޕްލޭން ކައުންޓަރުތަކުން ފަސިންޖަރުންނަށް ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.

އެ ސަރަހައްދު ބޭނުން ކުރަން ފެށިކަން ހާމަކޮށް، އެމްއޭސީއެލްއިން ބުނީ، އެއީ، ޖާގަ ތަނަވަސް ހިތްފަސޭހަ ކަމާއެކު ފަސިންޖަރުންނަށް ބޭނުންކުރެވޭނެ ތަނަކަށް ވާނެ ކަމަށެވެ. އެގޮތުން، އެ ސަރަހައްދު ހުންނާނީ، އޭސީކޮށް، ހަމަޖެހިގެން ފަސިންޖަރުންނަށް ތިބެވޭ ގޮތަށް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތައް ހުޅުވީ އެރައިވަލް ގޭޓާ ޖެހިގެން އޮތް ޖާގައިގަ އެވެ. ސީޕްލޭން ޓާމިނަލް، ނޫވިލަށް ފަސިންޖަރުން ދެން ގެންދާނީ އެ ތަނުންނެވެ.

ވީއައިއޭގެ އާ ޓާމިނަލް މިދިޔަ އަހަރުގެ ޖުލައި މަހު ބޭނުންކުރަން ފެށި ނަމަވެސް ނޫވިލު ސީޕްލޭން ޓާމިނަލް އަށް ދާ މީހުންގެ ޗެކިން އޭރިއާ މިހާތަނަށް ހުރީ ކުރީގެ ޓާމިނަލް ގަ އެވެ.