މި ސަރުކާރުގެ ސްޓެލްކޯއަށް އައްޔަންކުރި ސްޓެލްކޯގެ ދެވަނަ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހް ރަޝީދު ވެސް މަގާމުން ވަކިކޮށްފި އެވެ.
ޝަމާހު މި މަގާމަށް އައްޔަން ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ޝަމާހު މަގާމުން ވަކި ކުރީ މަގާމުގައި ހަތަރު މަސް ވީތަނާ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޝަމާހު ވަކި ކުރި ސަބަބެއް ހާމަކޮށްފަ އެއް ނުވެ އެވެ،
ޝަމާހް ވަނީ މި ވެރިކަމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. އަދި އެއަށްފަހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އޭގެ ކުރިން ހުރީ ހުސައިން ފަހުމީ އެވެ.