ދިހަ ދުވަހުގެ ތެރޭގައި 69،408 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރާއްޖެއަށް 69،408 ފަތުރުވެރުން އައިސްފައިވެއެވެ. މިއީ ފާއިތުވި ދެ އަހަރަށް ވުރެއް 12.9 އިންސައްތަ ކުރިއެރުމެއްކަން ފާހަގަކުރެވެ އެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާލާއިރު ޖަނަވަރީ 1 ގައި 5،929 ފަތުރުވެރިން، ޖަނަވަރީ 2 ގައި 7،655 ފަތުރުވެރިން، ޖަނަވަރީ 3 ގައި 8،082 ފަތުރުވެރިން، ޖަނަވަރީ 4 ގައި 7،930 ފަތުރުވެރިން، ޖަނަވަރީ 5 ގައި 6،136 ފަތުރުވެރިން، ޖަނަވަރީ 6 ގައި 7،749 ފަތުރުވެރިން، ޖަނަވަރީ 7 ގައި 6،144 ފަތުރުވެރިން، ޖަނަވަރީ 8 ގައި 6،121 ފަތުރުވެރިންގެ އިތުރުން ޖަނަވަރީ 9 ގައި 6،262 ފަތުރުވެރިން، އަދި ޖަނަވަރީ 10 ގައި 7،400 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން މި 10 ދުވަހުގައި އެންމެ ގިނައިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ ރަޝިއާ، އިޓަލީ، ޔޫކޭ، ޖަރުމަނީ، ޗައިނާ، އިންޑިއާ، ޔޫއެސްއޭ، ކަޒަކަސްތާންގެ އިތުރުން ފްރާންސް އަދި އޮސްޓްރޭލިއާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެ އަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 68.8 އިންސައްތަ ނުވަތަ 47،742 ފަތުރުވެރިން ރިސޯޓުތަކަށް ދަތުރުކޮށްފައިވާއިރު ހޮޓެލް ތަކަށް 3 އިންސައްތަ ނުވަތަ އަދަދުން ބަލާނަމަ 2086 ފަތުރުވެރިން ގޮސްފައިވެ އެވެ.

މި 10 ދުވަސްތެރޭ ގެސްޓު ހައުސް ތަކަށް 17،802 ފަތުރުވެރިން އަދި ސަފާރީ ވެސަލްތަކަށް 1727 ފަތުރުވެރިން އައިސްފައިވާކަން ފާހަގަކުރެވެއެވެ.