އަހަރު ސިވިލް ކޯޓުން މައްސަލަ ނިންމި މިންވަރު އޭގެ ކުރީ އަހަރާއި ބަލާއިރު 23 އިންސައްތަ އިތުރުވެއްޖެއެވެ.

މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކާއި ނިންމި މައްސަލަތަކުގެ ތަފާސްހިސާބު ސިވިލް ކޯޓުން ވަނީ އާންމުކޮށްފައެެވެ.

ސިވިލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 5680 މައްސަލަ ވަނީ އެކޯޓުގައި ރަޖިސްޓްރީކޮށްފައެވެ. 2024ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވަނީ 5142 މައްސަލައެވެ. އެގޮތުން މިއީ 2024ވަނަ އަހަރާއި އަޅާ ބަލާއިރު 10.46 އިންސައްތަ އިތުރު އަދެދެއްކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލަތަކަށް ބަލާއިރު 6718 މައްސަލަ ވަނީ ނިންމާފައެވެ. 2024ވަނަ އަހަރު ނިންމާފައިވަނީ 5432 މައްސަލައެވެ. މިއީ 2024ވަނަ އަހަރު ނިންމު މައްސަލަތަކާއި އަޅާބަލާއިރު 23.68 އިންސައްތަ އިތުރު އަދަދެކެވެ.

މީގެއިތުރުން އިޖުރާއީ ނިންމުމާއި އިޚްތިޞާޞާމެދު ނިންމި ނިންމުންތައް އަދަދުވެސް ސިވިލް ކޯޓުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން 2024ވަނަ އަހަރު 135 ނިންމުން އަދި މިދިޔަ އަހަރު 126 ނިންމުން ވަނީ ނިންމާފައެވެ.

ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދައުވާގެ ތެރެއިން ހުށަހެޅުނު ވަގުތީ އަމުރާއި ކޯޓު އަމުރާމެދު ނިންމި ނިންމުންތައް ބަލާއިރު 2025ވަނަ އަހަރު 166 މައްސަލަ ވަނީ ނިންމާފައެވެ. 2024ވަނަ އަހަރު 103 މައްސަލަ ނިންމާފައިވާއިރު މިއީ 2024 އަހަރާއި ބަލާއިރު 63 މައްސަލައިގެ އިތުރު އިތުރުވުމެވެ.