ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު)ގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގެންފި އެވެ.
ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ސައީދު ފަރާތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅި މައްސަލަ މިހާރު ވަނީ ހައި ކޯޓުން ރަޖިސްޓަރީ ކޮށްފަ އެވެ. ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވި ކަމަށް ދައުލަތުން ތުހުމަތުކުރާ މި މައްސާލަގައި ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ސައީދުގެ މައްޗަށް ހުކުމްކުރީ 4 އަހަރަށް ޖަލަށް ލުމަށެވެ.
ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަސް ނަމަވެސް ކުށުގެ ދަރަޖަތައް އިތުރުކޮށް ކޯޓުން ވަނީ އަދަބު 4 އަހަރަށް މަތިކޮށްފަ އެވެ. ދީނާގެ ބައި ކްރިމިނަލް ކޯޓުގެ އެހެން ގަޒިއްޔާއަކުން ބެލުމަށް ވެސް ކުރިމިނަލް ކޯޓުން 28 ސެޕްޓެމްބަރު 2025 ވަނަ ދުވަހު ނިންމި އެވެ.
ސައީދުގެ މައްޗަށް އެހެން މައްސަލައެއްގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ވެސް ކުރިމިނަލް ކޯޓުގައި އަންނަނީ ކުރިޔަށް ގެންދަމުންނެވެ.