ރ. ހުޅުދުއްފާރު ކައުންސިލުގެ މެންބަރުން ރޯޑް ޑީވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ބައްދަލުކޮށްފިކަމަށް ރޯޑް ޑީވަލޮޕްމެންޓް ކޯޕަރޭޝަން އިން ބުނެފިއެވެ.

އާރުޑީސީ އިން (އެކްސް ގައި) ކޮށްފައިވާ ޕޯސްޓޭއްގައި ބުނީ ރ. ހުޅުދުއްފާރު ކައުންސިލުގެ މެންބަރުން ވަނީ މިއަދު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު އަދި އާރުޑީސީގެ އިސްވެރިންނާ ބައްދަލު ކޕޮށްފައިކަމަށެވެ.

ހަމަ މިއާއެކު އެ ބައްދަލުވުމުގައި އާރުޑީސީ އިން އެ ރަށުގައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ދެ ފަރާތުގެ މެދުގައި މަޝްވަރާ ކުރެވިފައިވާކަމަށް އާރުޑީސީ އިން މައުލޫމާތުދެއެވެ.

އެގޮތުން މިހާރު އާރުޑީސީ އިން އެރަށުގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަޝްރޫއުގެ އިތުރުން މަގުތައް ޒަމަނީ ފެންވަރަށް ތަރައްގީކުރުމަށް އެރަށުގެ ބަނދަރާއި ބޮޑެތި މަގުގެ 5 މަގެއް ގައި ތާރު އަޅައި ތައްރައްގީކުރަން ހަމަޖެހިފައިވެއެވެ. އަދި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތި ޖެހުންވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.