ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ދަރީން ތަރުބިޔަތުކުރާންޖެހޭ ކަމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ދަރީން ތަރުބިޔަތުކުރުމުގައި އިހުމާލުވެއްޖެ ނަމަ، ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެކަމަށެވެ.
ދަރީންނަކީ މާތް ﷲ ދެއްވާ ބޮޑު ނިއުމަތެއް ކަން ފާހަގަކޮށް، އެ ދަރީންނަކީ ނަމާދަށް ލޯބިކުރާ ދަރީންތަކެއްކަމުގައި ހެދުމަށް ޓަކައި އަޅާން ޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޚުތިޔާރުކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ހަމަ މިއާއެކު އެ ދަރީންނަކީ ނަމާދަށް ލޯބިކުރާ ދަރީންތަކެއްކަމުގައި ހެދުމަށް ޓަކައި އަޅާން ޖެހޭ ދެވަނަ ބިންގަލަކީ، ހެޔޮލަފާ ޞާލިޙު ތަޤުވާވެރި ދަރީން ދެއްވުން އެދި މާތް ﷲ އަށް ދުޢާކުރުން މަތީ ދެމިހުރު ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ދަރީންނަށް ރިވެތި ގޮތުގައި ނަސޭހަތްތެރިވުމަށާއި މި މަތިވެރި ވާޖިބަށާއީ ފިރިހެންދަރީން މިސްކިތުގައި ނަމާދު ޤާއިމުކުރުމަށް ލޯބިޖެއްސުމަށް ޓަކައި އެ ކަމުގައި ހުރި ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދީ އެ ކުދީންގެ ހިތްތަކުގައި މި ކަމަށް ލޯބިޖައްސުވާން
ހުތުބާގައި އިލްތިމާޒުކޮށްފައިވެއެވެ.
ހަމަ މިއާއެކު ހިތާމައަކީ މިއަދު ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕުރޮގުރާމުތައް އެކިއެކި މުއައްސަސާތަކުން ރާވައި ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އެ ދަރީންނާއި ޒުވާނުން އެ ކަމުގެ ތެރޭގައި މަޝްޣޫލުކުރުވާކަން ކަމަށާއި ނަމާދަށް ބަންގިގޮވޭ އިރު މައިންބަފައިން ވެސް، ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާކަން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.