ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އޮފީސް ރަސްމީކޮށް ހުޅުވައިފި އެވެ.

ޕީއެންސީ އޮފީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ޕީއެންސީގެ އޮޮފީސް މީގެ ކުރިން ހިންގީ ހ. ސީޓްރެކްގެ ހަތްވަނަ ފްލޯގަ އެވެ. އެހެން ނަމަވެސް ޕީއެންސީ އޮފީސް މިހާރު އަލަށް ހުޅުވާފައި ވަނީ ހ. ވެޔޮވެލާ (އާޓިފިޝަލް ބީޗު ކުރިމަތީގަ) އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކުރި މައުލުމާތުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ޕީއެންސީ އެވެ.

އެގޮތުން އެ ޕާޓީގައި 74،048 މެންބަރުން ތިބި ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ޕީއެންސީއަށް އަލަށް މެމްބަރުން ބޮޑެތި އަދަދުތަކުން ގުޅެމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވެއެވެ.

މިހާ ބޮޑު އިމާރާތެއް ކުޑަ ދުވަސްކޮޅެއް ތެރޭ ނިންމިފައި މިވަނީ ރައީސްގެ ހިންގުންތެރި ވިސްނުމުގެ ސަބަބުން ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.