މިދިޔަ އަހަރު ސިވިލް ސަރވިސް ކޮމިޝަނަށް 205 ޝަކުވާއެއް ހުށަހަޅައި އެ ޝަކުވާތައް ހައްލުކޮށްފައިވާކަމަށް އެ ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރުގެ ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ކޮމިޝަންގެ ޕޯޓަލް ސީއެސްވިއުގަ މެދުވެރިކޮށް، 15،509 ރިކުއެސްޓެއް ނިންމާފައިވެ އެވެ. އަދި 251 ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު، "ވެޔޮ" މެދުވެރިކޮށް 15،022 ކޭސް ނިންމާފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން 118 އޮނިގަނޑު ފާސްކޮށްފައިވާއިރު ސިވިލް ސަރވިސްއަށް އަލަށް 4،823 މުވައްޒަފުން އައްޔަންކޮށްފަވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި 18،409 މުވައްޒަފުން ތަމްރީނު ކޮށްފައިވާ ކަމަށް ކޮމިޝަނުން މައުލޫމާތު ދީފައިވެ އެވެ.

ކޮމިޝަނުގެ ވެބްސައިޓުން ފެންނަ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި 30،000އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 21،422 އަންހެން މުވައްޒަފުންނާއި، 10،153 ފިރިހެން މުވައްޒަފުންނެވެ.