ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވައިޓް އެލަރޓް ނެރެފި އެވެ.
މެޓުން ވައިޓް އެލަރޓް ނެރެފައިވަނީ ޅ.އަތޮޅުން ފެށިގެން މ.އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 09:00 އިން ފެށިގެން 15:00 އަށެވެ.
މެޓުން ބުނިގޮތުގައި މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. މެޓުން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.މިދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ ކަނޑުތައް ގަދައެވެ. ވައި މަޑުވާނެ ކަމަށް ލަފާކުރެވެނީ މާދަމާ އިން ފެށިގެންނެވެ.