އުމްރާއަށް ދިޔަ މީހުންގެ ހާޅު ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މި ސްކޫލް ބަންދު ބޮޑު ޗުއްޓީގައި 7 ހާހަށް ވުރެ ގިނަ ދިވެހިން ޢުމްރާއަށް ގޮސްފައިވާކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އެންމެންގެ ހާލު ޖުމްލަކޮށް ރަނގަޅު ނަމަވެސް އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް ޢާއިލާއާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި އޭނާ މި މަހު 10 ގައި މާލެ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވަނީ މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުންގެންދަވާ އެއްބާރު ލެއްވުމަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ޑިސެމްބަރުމަހާއި ޖަނަވަރީ ޢުމްރާއަށް ރާއްޖެއިން ދިޔަ ފުރަތަމަ ގްރޫޕް މައްކާއަށް ފުރީ، މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 262 ޢުމްރާވެރިން ފުރާފައިވެއެވެ. ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ މައްކާއަށް ދިޔަ އެންމެފަހު ގްރޫޕް ފުރީ، މިމަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު 298 ޢުމްރާވެރިން ފުރާފައިވެއެވެ.