އިންޓާނޭޝަނަލް އެއިޑް ކެމްޕެއިން އިން ރާއްޖެއަށް ގްލޯބަލް ސުމުދު ފްލޮޓިލާގެ ސްޓިއަރިން ކޮމިޓީ އެއް ގެންނަން ހަމަޖައްސައިފިއެވެ.
އައިއޭސީން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ގްލޯބަލް ސުމުދު ފްލޯޓިލާ ސްޓިއަރިން ކޮމިޓީ ޖަނަވަރީ 6ން 8 އަށް ރާއްޖެއަށް އަންނާނެ ކަމަށެވެ.
މިދަތުރުގެ މަގުސަދަކީ އެއްބައިވަންތަކަމާއި، އެކުވެރިކަމުގ މައްޗަށް ބިނާވެފައިވާ ބާރުގަދަ ދަތުރެއްކަމަށް އައިއޭސި އިން ބުނެއެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާ އަކީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އިސްރާއީލުން ޣައްޒާ ޙިޞާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެނައުމަށް މިދިޔަ އަހަރު ކުރިޔަށްގެންދިޔަ ހަރަކާތެކެވެ. 40 އަށްވުރެ ގިނަ ޤައުމުތަކުގެ އެކްޓިވިސްޓުން މި ފޮލިޓިލާގައި ބައިވެރިއެވެ. މި ފޮލިޓިލާގައި ދަތުރުކުރި އެންމެވެސް އިސްރާއީލުން ވަނީ ހައްޔަރުކުރުމަށްފަހު ޑީޕޯޓްކޮށްފައެވެ.