މިދިޔަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އަހަރުގެ ފަހު ކުއާޓަރުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމްޓީސީސީއިން އާންމުކުރި ކުއާޓާލީ ރިޕޯޓުތަކަށް ބަލާއިރު ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 418.47 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގައި 490.33 މިލިއަން ރުފިޔާ އަދި ތިންވަނަ ކުއާޓަރުގައި 501.20 ރުފިޔާ ލިބިފައިވާކަމަށް ރިޕޯޓުތަކުން ދައްކަ އެވެ.

ޖުމްލަ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު އެމްޓީސީސީއަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 29.26 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެވަނަ ކުއާޓަރުގައި 49.76 ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

ތިންވަނަ ކުއާޓަރުގައި ބ އަތޮޅާއި ތ އަތޮޅުގައި ރަސްމީކޮށް އާރްޓީއެލްގެ ހިދުމަތް އެމްޓީސީސީން ފަށާފައިވާއިރު ލ އތޮޅުގެ ސްޕީޑް ފެރީއިން ތ އަތޮޅާއި ގުޅުވައިލީވެސް މިދިޔަ ކުއާޓަރުގެ ތެރޭގަ އެވެ.

ތިންވަނަ ކުއާޓަރުގެ ކާމިޔާބީތަކުގެ ގޮތުގައި އެމްޓީސީސީއިން ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު 178.33 މިލިއަން ރުފިޔާގެ 6 ޕްރޮޖެކްޓެއް ތިންވަނަ ކުއާޓަރުގައި ނިންމާފައިވުމާއި 44 ޕްރޮޖެކްޓެއް މޮބިލައިޒްކޮށްފައިވުން ހިމެނެ އެވެ. ތިންވަނަ ކުއާޓަރުގައި އާ 69 މަޝްރޫއެއްގައި ވެސް އެ ކުންފުނިން ސޮއިކޮށްފައިވެ އެވެ.