މޯލްޑިވިއަން އެއާލައިނުން އަނެއްކާ ވެސް ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ ޑާކާއަށް އަލުން ދަތުރުތައް ފަށަން ނިންމީ، ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
މާޗް 12 އިން ފެށިގެން ޑާކާއަށް ސީދާ ދަތުރުތައް ފަށާ އިރު ޓިކެޓްގެ އަގަކީ 399 ޑޮލަރެވެ. އަދި ކޮންމެ ހަފްތާއަކު ދެ ފްލައިޓް ބާއްވަން ވަނީ ނިންމާފަ އެވެ. އެއީ އާދިއްތަ އަދި ބުރާސްފަތީގައެވެ.
މޯލްޑިވިއަނުން ޑާކާ އަށް ދަތުރުތައް މީގެކުރިންވެސް ބާއްވަމުން އައި ނަމަވެސް، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޑާކާއަށް ކުރި ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.