މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 11:23 ހާއިރު ވައިޖެހޭ މަގުގައި ބިދޭސީންތަކެއް މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގެ މައްސަލާގައި ދެ ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މާރާމާރީ ހިނގަން މެދުވެރި ސަބަބެެއް ނޭންގެއެވެ. އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެ ތަނުގައި 10 ވަރަކަށް ބިދޭސީން އުޅޭ ތަން ފެނެ އެވެ. އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައި ވަނީ ހެންވޭރުގައި ހުންނަ ޖެލީ ޓޭކްއަވޭގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގައެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅެމުން އަންނައިރު ބިދޭސީންގެ މެދުގައި ދޭތެރެ ދޭތެރެއިން މިފަދަ މާރާމާރީތައް ހިނގައެވެ. އަދި މިފަދަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިޔާގައި ވައިރަލްވެއެވެ.