ސިއްހީ މަރުކަޒުތަކުން ދެވޭ ހިދުމަތްތައް ހަރުދާނާކުރުމަށް އަލަށް ބޭނުން ކުރަންފަށާ ސޮފްޓްވެއާތައް ތައާރަފްކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްޕްޓްވެއާތައް ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީމް އުމަރެވެ.
މިއަދު ލޯންޗް ކުރެއްވި ސްޕްޓްވެއަރތަކުގެ ތެރޭގައި ހިމެނެނީ، އެކި ކަންކަމާއި ގުޅިގެން ޓެކްނިކަލް ސަޕޯޓް ނުވަތަ އެހެނިހެން ސަޕޯޓް ހޯދުމަށް ޞިއްހީ ވުޒާރާއާއި ކުރެވޭ މުއާމަލާތްތައް ޑިޖިޓަލްކޮށް ޓްރެކް ކުރުމާއި، ހެލްތު ސެންޓަރު ތަކުގެ މެޑިކަލް ސްޓޮކް އަދި ބޭހުގެ ސްޓޮކް ޑިޖިޓަލްކޮށް ރިއަލް ޓައިމްގައި ބެލެހެއްޓުމާއި،އިންސާނީ ވަސީލަތްތައް މެނޭޖް ކުރުމަށް ބޭނުންވާ އެޗް.އާރު ސޮފްޓްވެއާއި، ސިއްހީ ވުޒާރާއާ ހިއްސާ ކުރަންޖެހޭ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ހިއްސާ ކުރުމަށާއި ޓްރެކް ކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސްގެ އިތުރުންވެސް ސިއްހީ ޚިދުމަތް ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް ބޭނުންވާ އިތުރު ޓޫލްސްތައް ސޮފްޓްވެއާ ސޫޓްގެ ތެރޭގައިވެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތުގެ އިތުރުން ހެލްތު މިނިސްޓްރީގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.