ކ. ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ހުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުالله ނާޒިމް އިބްރާހީމެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒެއް ހަދާނެ އެވެ.

މިއިން ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެ އެވެ. މީގެ އިތުރުނ،ް ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއ،ި ކޮންކްރީޓް މަސައްކަތާއ،ި މޭސަނަރީ މަސައްކަތާއ،ި ޓައިލްސް ޖެހުމުގެ މަސައްކަތާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއ،ި ދަވާދު ލުމާއ،ި ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއ،ި ކަރަންޓު ވަޔަރުކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއ،ި އެއަރ ކޮންޑިޝަން ހަރުކުރުމާއ،ި އަލިފާން ނިއްވުމުގެ މަސައްކަތް ކުރާނެއެވެ.

360 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 27.23 މިލިއަން ރުފިޔާއަށެވެ.

މީގެ އިތުރުން ހުރާގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތްވެސް މިހާރު ވަނީ ފަށާފަ އެވެ.