ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގެ އައު ފަސިންޖަރ ޓާމިނަލު، ޓާމިނަލު 1ން ލޯ ކޯސްޓް އެއަރލައިނެއްކަމުގައިވާ ހައިސްކައި އަށް ޚިދުމަތްދޭން ފަށައިފިއެވެ.

ޓާމިނަލު 1 ން ހައިސްކައި އަށް ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް މިއަދު ޓާމިނަލުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގްރޫޕްގެ ޖެނެރަލް މެނޭޖަރ އަލީ ޝާކިރެވެ.

ޓާމިނަލު 1ން ހައިސްކައި އަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން ޓާމިނަލަށް ކައިރިކުރި ހައިސްކައިގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ހައިސްކައި އާއެކު ޓާމިނަލު 1ން މިހާރު 38 އެއާލައިނަކަށް އަންނަނީ ޚިދުމަތް ދެމުންނެވެ.