ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ފިޔޯރީގެ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ގދ. ފިޔޯރީގެ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރ. ޑީ. ސީ) އާއެކުއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނަޡީމްއެވެ.
ގދ. ފިޔޯރީގެ މަގުހެދުމުގެ މަޝްރޫޢަކީ 730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މިއީ 71,208,238.32 (ހަތްދިހަ އެއް މިލިއަން ދެ ލައްކަ އަށް ހާސް ދުއިސައްތަ ތިރީސް އަށް ރުފިޔާ ތިރީސް ދެ ލާރި) ރުފިޔާ އަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކުއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
މިއީ 270 ދުވަސް ތެރޭގައި ނިންމާގޮތަށް 142,674,912.00 ( ސަތޭކަ ސާޅީސް ދެ މިލިއަން ހަ ލައްކަ ހަތްދިހަ ހަތަރު ހާސް ނުވަސަތޭކަ ބާރަ ރުފިޔާ) ރުފިޔާ އަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ ދަށުން 18 ހެކްޓަރުގެ ބިންހިއްކުމާއެކު 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ.