ކުށް ހިންގާ ސަރަހައްދުތައް 280142( ދެލައްކަ އައްޑިހަ ހާސް އެއްސަތޭކަ ސާޅީސް ދޭއް) ފަހަރު ބަލާ ފާސްކޮށްފައިވާނެކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރަޝީދު ވިދާޅުވީ މާލެ އަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެކި އެކި ކުށް ހިންގާ ސަރަހައްދުތައް 280142 ( ދެލައްކަ އައްޑިހަ ހާސް އެއްސަތޭކަ ސާޅީސް ދޭއް) ފަހަރު ބަލާ ފާސްކޮށްފައިވާނެކަމަށެވެ.

މީގެ އިތުރުން ޕޮލިސް ސްޓޭޝަން ތަކުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ރައްޔިތުންގެ އެކި އެކި ޝަކުވާތަކަށް 18827 (އަޝާރަހާސް އައްސަތޭކަ ހަތާވީސް) ރެސްޕޮންއަކަށް ޑިސްބެޗް ކޮށްފައިވާނެކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

އަދި ހަމަ އެއާއެކު އެކި އެކި ގަވާއިދުތަކާ ގާނޫނުތަކާ ހިލާފުވާ ފަރާތްތައް 766 ފަހަރު ޖޫރިމަނާ ކޮށްފައިވާކަމަށާއި އެކި އެކި ކުށް ކުރާ އަދި ތަކުރާރުކޮށް ކުށްކުރާ މީހުން ކުށުގެ އަމަލު ހިންގުމުގެ ކުރިން ކުށް ކުރަން އުޅޭ ކަމަށް ޝައްކުކުރެވިގެން 58544 (ފަންސާސް އައްހާސް ފަސްސަތޭކަ ސާޅީސް ހަތަރެއް) ފަހަރު ހުއްޓުވައި ސުވާލު ކޮށްފައިވާނެކަމަށް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ހާއްސަކޮށް ކަނޑައަޅާފައިވާ ބައެއް ސަރަހައްދުތަކުގައި، ފުލުހުން ރައްޔިތުންނާ ގާތުން މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަށް ދެނެގަނެގަތުމުގެ އިތުރުން އެތަންތަނުގައި ހުރި ކަންބޮޑުވުންތަށް ނުވަތަ ކުށަކަށް ހުށެހެޅިދާނެ ކަންކަން ދެނެގަތުމަށްޓަކައި ފައި މަގުގަ 10،627 (ދިހަހާސް ހަސަތޭކަ ހަތާވީސް) ގަޑިއިރު ފުލުހުން މަސައްކަތްކޮށްފައިވާނެކަމަށެވެ.

" މުޅި ޖުމްލަ އަޅުގަނޑުމެން ރައްޔިތުންނާ ކުށުން ސަލާމްތަވެ ރައްކާތެރިވެ ތިބުމަށް ދޭންޖެހޭ މެސެޖުތަށް ޖުމްލަ 11905 (އެގާރަހާސް ނުވަސަތޭކަ ފަހެއް) ފަރާތަކަށް ވާނި ހިއްސާ ކުރެވިފަ، އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް ވާނި އަޑު އެހިފަ. އަދި ރައްޔިތުންގެ ކޮންސަންތަކަށް 1357 (އެއްހާސް ތިންސަތޭކަ ފަންސާސް ހަތެއް) ކޮންސާނަކަށް އެޓެންޑުވެފައިވާނެ އަދި 441 ގެޔަކަށް ޒިޔާރަތް ކޮށް ބައްދަލުކުރެވިފައިވާނެ އޭގެ އިތުރުން 3130 (ތިން ހާސް އެއްސަތޭކަ ތިރީސް) ވިޔަފާރިއަށް އަޅުގަނޑުމެންވާނި ވިސިޓުކޮށްފަ "

އަބްދުﷲ ރަޝީދު / ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް

މީގެ އިތުރުން 1231 (އެއްހާސް ދުވިސައްތަ ތިރީސް އެކެއް) މީހަކު މި އަހަރު ހައްޔަރުކޮށްފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި އެކި ކަހަލަ އުޅަނދުތަށް ބަލާފާކޮށްފާ ވާކަން ފަހަގަކޮށް 13445 ( ތޭރަ ހާސް ހަތަރު ސަތޭކަ ސާޅިސް ފަހެއް) އުޅަނދު ބަލައި ފާސްކޮށްފައިވާނެކަމަށް ރަޝީދު މައުލޫމާތުދެއްވިއެވެ.

ހަމަ މިއާއެކު މަގުމަތީގައި ކުށުގެ ތެރެގައި އުޅޭ ފަރާތްތަށް 2721 (ދެހާސް ހަތްސަތޭކަ އެކާވީސް) ފަހަރު ހުއްޓުވާ ބަލާފާސް ކޮށްފައިވާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރާއްޖޭގެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 56 މީހަކު އިމިގުރޭޝަން އަށް ހަވާލުކޮށްފައިވާނެ ކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑިސެމްބަރު 17 ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ބަލައިފާސް ކުރުމުގެ ތެރޭގައި ޖުމްލަ 102 މީހަކަށް ސުވާލު ކޮށްފައިވަކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

" ޑިސެމްބަރު 17 އިން ފެށިގެން ރޭގަނޑުގެ ދަންވަރު ވަގުތުގައި މަގުމަތީގަ އުޅޭ ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭ 12 ބިދޭސީއެއް ހުއްޓުވާފައި، އަދި ގަވާއިދަ ހިލާފަށް ވިޔަފާރި މުއާމަލާތްކުރާ ބިދޭސީންގެ ތެރެއިން 4 މީހެއްގެ މައުލޫމާތު ނެގިން، އޭގެ ތެރެއިން ބައެއް މީހުންވެސް ވާނީ އިމިގުރޭޝަން އަށް ހަވާލުކުރެފަ، އަދި ޖުމްލަ 102 މީހަކާ ވޏި ސުވާލު ކުރެވިފަ"

އަބްދުﷲ ރަޝީދު / ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް

ހަމަ މިއާއެކު ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގައި މިހާރު ޕޮލިސް ސްޓޭޝަން ތަކުން 8 އޮޕަރޭޝަނެއް ކުރިއަށް ގެންދަމުން ދާކަން ފާހަގަކުރައްވާ 15 ފަރާތަކަށް ފިޔަވަޅު އަޅާފައިވަކަމަށާއި މަގު މަތީ އަގުން 7341961 ( ހަތް މިލިއަން ތިންލައްކަ ސާޅިސް އެއްހާސް ނުވަސްތޭކަ ފަސްދޮޅަސް އެކެއް) ރުފިޔާގެ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރެވޭ އެއްޗެހި އަތުލާފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 294240 (ދެލައްކަ ނުވަދިހަ ހަތަރު ހާސް ދުވިސައްތަ ސާޅިސް) ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެކަމަށް ރަޝީދު ވިދާޅުވިއެވެ.