ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތައް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ ފުލެޓުތައް ހުސްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ބައެއް ފްލެޓްތައް، ބިދޭސީންނަށް ކުއްޔަށް ދީފައިވާކަން ފާހަގަވާ ކަމަށެވެ.
އެހެންކަމުން ޖަނަވަރީ ތިނެއްގެ ކުރިން އެ ފްލެޓުތަކުގައި ދިރިއުޅޭ ބިދޭސީން އެ ފުލެޓެއް ހުސްކުރުމަށް ވަނީ އަންގާފައެވެ.
އެ ތާރީޚުގެ ފަހުން ހުޅުމާލެެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުން އުވާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެހެންކަމުން، އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން އެދިފައިވެއެވެ.
ސޯޝަލް ހައުސިން ފްލެޓުތަކުގެ ތެރެއިން ބިދޭސީންނަށް ފްލެޓުތައް ކުއްޔަށް ދޫކުރާ މައްސަލަ އެންމެ ބޮޑުވެފައި ވަނީ ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުގައެވެ. ދެ ކޮޓަރީގެ އެ އެޕާޓުމަންޓުތަކުގައި އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅޭތީ އުނދަގޫ ވެގެން އެކި ޕްލެޓުފޯމްތަކުގައި ވެސް އާންމުން ވަނީ ޝަކުވާ ކޮށްފައެވެ.
މީގެއިތުރުން މިހާރުވެސް ވަރަށް ގިނަ ހިޔާ ފްލެޓްތައް ދިވެހީންނާއި ބިދޭސީންނަށް ބޮޑެތި އަގުގައި ކުއްޔަށް ދޫކޮށްފައި ހުރެއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅައި، އޮކްޓޫބަރު މަހު ދޫކުރަން ފެށި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފުލެޓުތައް ހަވާލުކޮށް ނުނިމެނީސް ވެސް، ވަރަށް ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރުކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ.
ސޯޝަލް ހައުސިން ފްލެޓުތަކުގެ ތެރެއިން ބިދޭސީންނަށް ފްލެޓުތައް ކުއްޔަށް ދޫކުރާ މައްސަލަ އެންމެ ބޮޑުވެފައި ވަނީ ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުގަ އެވެ. ދެ ކޮޓަރީގެ އެ އެޕާޓުމަންޓުތަކުގައި އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅޭތީ އުނދަގޫ ވެގެން އެކި ޕްލެޓުފޯމްތަކުގައި ވެސް އާންމުން ވަނީ ޝަކުވާކޮށްފަ އެވެ.