ވ. އަތޮޅުގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ރޯވެފައި ވަނީ "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގަ އެވެ.

އެމްއެންޑީއެފުން ބުނީ ކުޑަ އަންބަރާ ކައިރީގައި އޮތް އެ ސަފާރީގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:48 ގައި ކަމަށެވެ.

އެމްއެންޑީއެފުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ސަފާރީގެ ގެގަނޑުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފަ އެވެ.

މި ހާދިސާ ހިނގި އިރު އޭގައި ތިބި މީހުންގެ އަދަދާއި، އެއްވެސް މީހަކަށް އަނިޔާވިކަމެއް ވެސް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.