އުރީދޫ މޯލްޑިވްސްގެ އޭޓީވީ ޕްރޮމޯޝަން ތައާރަފްކޮށް، 2026 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ހޯދުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ.
20 ޑިސެމްބަރު 2025 އިން ޑިސެމްބަރު 31، 2026 ވަނަ އަހަރުގެ ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހަ ލަކީޑްރޯ ހިމެނޭއިރު، 6 ކަސްޓަމަރުންނަށް އެއް އޭޓީވީ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. މި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ މަހަކުން އެއްފަހަރު ކަމަށާއި ފައިނަލް ގްރޭންޑް ޕްރައިޒް ގުރުއަތުލުން އޮންނާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ ވިދާޅުވީ މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކުވެސް އުރީދޫ ނެޓްވޯކް މެދުވެރިކޮށް ގުޅިފައިވާ ކަސްޓަމަރުންނަށް އިތުރު އިނާޔަތެއް ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮމޯޝަނެއް ކަމަށެވެ. އުރީދޫގެ ހިދުމަތްތައް އާންމު ދިރިއުޅުމުގައި ބޭނުންކޮށްގެން، ރަށު ދިރިއުޅުމަށް އެންމެ އެކަށޭނަ އޯލް ޓެރެއިން ވެހިކަލް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަސް ޚާލިދު ވިދާޅުވި އެވެ. އަދި ކޮންމެ ދެ މަހަކުން އެއްފަހަރު ޑްރޯއާ އެކު މުޅި އަހަރު ކުރިއަށް ގެންދާ މި އިނީޝިއޭޓިވްއަކީ އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް ކުރުއަށް ގެންދެވޭ ޕްރޮމޯޝަނެއް ކަމަށް ސީއީއޯ ޚާލިދު ވިދާޅުވި އެވެ.
މި ޑްރޯއަށް ކޮލިފައިވުމަށް އުރީދޫގެ ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް މޯބައިލް، ސުޕަރނެޓް، ފަސޭހަ ނުވަތަ 5ޖީ އެއަރފައިބަރ ފަދަ ޚިދުމަތްތައް ސަބްސްކްރައިބް ކުރަންވާނެ ކަމަށް އުރީދޫއިން ބުނެ އެވެ. އަދި ކޮންމެ ގުރުއަތު ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތް ބޭނުންކުރުމަށް މަހަކު 400 ރުފިޔާ ހަރަދުކޮށްފައިވާން ޖެހޭނެ ކަމަށާއި ޑްރޯ ކުރާ ތާރީހުގައި ކަސްޓަމަރުން ހިދުމަތް އެކްޓިވްކޮށް ބޭނުން ކުރާ ކަސްޓަމަރަކަށް ވާންޖެހޭ ކަމަށް ވެސް އުރީދޫއިން ބުނެފައިވެ އެވެ.
މި ޕްރޮމޯޝަން ފަރުމާކޮށްފައި ވަނީ އަލަށް ކަސްޓަމަރުންނާއި މިހާރު ތިބި ކަސްޓަމަރުން ވެސް ބައިވެރިވެވޭ ގޮތަށެވެ.