ދުންފަތާ ދެކޮޅަށް މާލޭ ސަރަހައްދުގައި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ ހަތް މިލިއަން ރުފިޔާގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލު ހިއްސާކުރުމަށް އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ފްރަންޓްލައިން ޕޮލިސިންގައި އިސްކޮށް މަސައްކަތްކުރައްވަމުން އަންނަ ސުޕްރިންޑެންޓެ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ހުންނަ ޕޮލިސް ސްޓޭޝަންތަކުން ދުންފަތާ ދެކޮޅަށް ޖުމްލަ 8 އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

މި އޮޕަރޭޝަންތަކުގައި ޖުމްލަ 15 ފަރާތަކާ މެދު ފިޔަވަޅު އެޅިކަމަށް ބުނެފައިވެއެވެ.. އެގޮތުން އަތުލި ތަކެތީގެ ތެރޭ ހިމެނެނީ:

  • 44،866 ފޮށި ސިނގިރެޓު

  • 4733 ވޭޕް
  • 765 ފްލޭވާފުޅި ނުވަތަ ކާޓްރިޖް
  • 86 ވޭޕް ކޮއިލްދުންފަތް ޕެކެޓް

93 ކިލޯމިއީ އަގަށް ބަލައިނަމަ ޖުމްލަ 7،341،961 (7.9 މިލިއަން) ރުފިޔާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން 294،240 (ދެ ލައްކަ ނުވަދިހަ ހަތަރު ހާސް ދުއިސައްތަ ސާޅީސް) ރުފިޔާ މި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.