ކަސްޓަމަރުންގެ ދަތުރުފަތުރާބެހޭ ބޭނުންތެރި އިންޝުއަރެންސް ހިދުމަތްތައް އެއްތާކުން ލިބޭނެގޮތް ފަހިކޮށްދިނުމަށް، އަވަސް ރައިޑްގެ ފަރާތުން އަމާނަ ތަކާފުލްއާ ގުޅިގެން އަވަސް އެޕްގައި އަވަސް އިންޝުއަރެންސް ތައާރަފުކޮށްފިއެވެ.

މި ހިދުމަތް ތައާރަފުކުރުމާއެކު، ދިވެހިން ދަތުރުފަތުރަށް އާއްމުކޮށް މިހާރުވެސް ބޭނުންކުރަމުންދާ އަވަސް އެޕްގައި އިންޝުއަރެންސްވެސް ހިމެނިގެންދިޔައީއެވެ. މިހިދުމަތުގެ ސަބަބުން، އިންޝުއަރެންސް ގަތުމުގައި އުފުލަންޖެހޭ ތަކުލީފު ނެތިގެންގޮސް، މިހާރުވެސް ކަސްޓަމަރުން އެޕް ބޭނުންކުރާ ފަދައިން، ނުހަނު ފަސޭހަކަމާއެކު މުޅިން އޮންލައިންކޮށް އިންޝުއަރެންސް ގަނެވޭނެއެވެ.

މިއީ، އަވަސް އެޕަކީ ހަމައެކަނި ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ވަސީލަތަކުން، ދަތުރުކޮށް ހެލިފެލިވެ އުޅުމުގެ ވަށާޖެހިފައިވާ ފުރިހަމަ ނިޒާމަކަށް ބަދަލުކުރުމަށް އަވަސްއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ މުޅިން އައު ހަރުފަތެއް ކަމަށް އަވަސް އެޕްއިން ބުނެ އެވެ. އަވަސް އެޕްގައި އިންޝުއަރެންސް ހިމެނުމުން، ކަސްޓަމަރުންނަށް މިހާރު ދަތުރުފަތުރާ ގުޅުންހުރި މުހިއްމު، ޒަރޫރީ އެތައް ބޭނުންތަކެއް އެއްތާކުން ފުއްދޭނެއެވެ. އަދި އެވެސް އެއީ ކަރުދާސް ފޯމުތަކެއް ފުރުމެއްނެތި، ކިއުގައި ނުޖެހި، މާގިނަ އިތުރު ހަރުފަތްތަކެއް ގިރާކުރުމަކާ ނުލައެވެ.

މި ހިދުމަތް ތައާރަފުކުރުން ފާހަގަކުރުމަށްޓަކައި، އަވަސް އާއި އަމާނަ ތަކާފުލްއާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް 22 ޑިސެންބަރު 2025 އިން 31 ޖަނަވަރީ 2026 އަށް ކުރިއަށް ގެންދާނެއެވެ. މި މުއްދަތުގެ ތެރޭގައި، އަވަސް އެޕް މެދުވެރިކޮށް ޓްރަވަލް އިންޝުއަރެންސް ނުވަތަ ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް ގަންނަ ފަރާތްތަތުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް، ދެމީހަކަށް 4 ދުވަހާއި 3 ރޭގެ މެލޭޝިއާ ދަތުރެއް ލިބޭނެއެވެ.

އަވަސް އިންޝުއަރެންސް މެދުވެރިކޮށް، ކަސްޓަމަރުންނަށް ޓްރަވަލް އިންޝުއަރެންސް އަދި ތާޑް ޕާޓީ އިންޝުއަރެންސް ވަރަށް ފަސޭހައިން ގަނެވޭނެއެވެ. އަދި ގަންނަ ޕޮލިސީތައް ވަގުތުން ލިބުމުގެ އިތުރުން، އެޕްގެ ތެރެއިން އަބަދުވެސް ފެންނަން ހުންނާތީ އައުކޮށްލަންވެސް އަދި ފަހުން ހޯދާލަންވެސް ފަސޭހައެވެ.

އަވަސް އެޕްއިން ލިބެންހުރި އިންޝުއަރެންސް ބާވަތްތަކުގެ ތެރޭގައި

  • އަވަސް ޓްރަވަލް އިންޝުއަރެންސް: މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ނުހަނު އެކަށީގެންވާ އިންޝުއަރެންސްއެކެވެ. އެޕްގެ ތެރެއިން ފަސޭހައިން ގަނެލެވޭނެއެވެ. އަދި ޕޮލިސީގެ ތަފުސީލުތައްވެސް ފަސޭހައިން އެޕްއިން ބަލައިލެވޭނެއެވެ.

  • ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް: މިއީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް ނެގުން ގާނޫނުން ލާޒިމުކުރާ އިންޝުއަރެންސްއެވެ. އެޕް މެދުވެރިކޮށް ނުހަނު ފަސޭހައިން ޕޮލިސީ ސެޓިފިކެޓް ބަލައިލެވި، މުއްދަތު ހަމަވުމުން އައުކޮށްލެވޭނެއެވެ.

އެޕް މެދުވެރުކޮށް އިންތިހާއަށް ފަސޭހަ އިންޝުއަރެންސް ތަޖުރިބާއެއް

އަވަސް އިންޝުއަރެންސް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތް ބަލައިގެން ކަމަށް އަވަސް އިން ބުނެ އެވެ. އެޕްގައި އިންޝުއަރެންސްއަށް ހާއްސަ ކުރެވިފައިވާ ބައިން، ކަސްޓަމަރުންނަށް ގަނެވެން ހުރި ބާވަތްތައް ބަލައިލެވޭނެއެވެ. އަދި "މައި ޕްލޭންސް"ގެ ތެރެއިން ގަނެފައިވާ މުއްދަތު ހަމަވެފައިވާ އަދި މިހާރު ހިންގަމުންދާ ޕޮލިސީތައް ކޮންމެ ވަގުތެއްގައިވެސް ބަލައި ޑައުންލޯޑް ކުރެވޭނެއެވެ.

އެޕް ތެރެއިން އިންޝުއަރެންސް ނެގުމަކީ ވަރަށް ލުއި ކަމެކެވެ. ކަސްޓަމަރުން އެމީހުންނާ ބެހޭ އަސާސީ މަދު މައުލޫމާތުކޮޅެއް ލިޔެލުމަށްފަހު، ބޭނުންވާ އިންޝުއަރެންސް ކަވަރޭޖް ހިޔާރުކޮށް، އެއަށް އެޕް މެދުވެރިކޮށް ފައިސާ ދައްކާލަންވީއެވެ. އޭރުން ވަގުތުން ޕޮލިސީ ލިބޭނެއެވެ. ޕޮލިސީއާ ގުޅޭ ލިޔެކިޔުންތައް އެޕްގައި ރައްކާކުރެވިފައި އަދި އީމެއިލްއަށްވެސް ފޮނުވާލެވޭތީ އިތުރަށް ފަސޭހަވެގެންދެއެވެ.

އަމާނަ ތަކާފުލްއާ ގުޅިގެން އަވަސް އެޕްއިން އިންޝުއަރެންސްގެ ބާވަތްތައް ގަނެވޭނެގޮތް ފަހިވުމުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް އިތުބާރުހިފޭ އިންޝުއަރެންސް ފަސޭހައިން ލިބިގެންދާނެއެވެ. ލުއިފަސޭހަކަމާއި، ޔަގީންކަމާއި އަވަސްކަން މިހިދުމަތުގެ ހިމެނިފައިވެއެވެ. އެހެންކަމުން ކަސްޓަމަރުންގެ އިންޝުއަރެންސް ބޭނުންތައް އެޕްގެ ފަރުދާގެ ފުރަގަހުގައި ފަރުޖެހެމުންދާނެކަން ކަށަވަރުވެ ހުރެ، ކަސްޓަމަރުން ވަރަށް ހަމަޖެހިލައިގެން ކުރިއަށް ބާރަށް ދަތުރުކުރަމުން ގެންދަންވީއެވެ.