އުންމީދުކުރަނީ 50 މީހުން ދުވާލެއްގެ މައްޗަށް ޝަރީއަތަށް ގެނެވޭނެކަމަށް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިން ގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ މި އަންނަ ފެބްރުއަރީ މަހުން ފެށިގެން ޝަރީއަތަށް ދުވާލެއްގެ މައްޗަށް 50 މީހުން މާލެ ގެނެވޭނެކަމަށް ބެލެވޭކަމަށެވެ.

މީގެ އިތުރުން ކަރެކްޝަނަލް ސާވިސްތަކުގެ ތެރޭގައި 70 ޝަރީއަތް ނުވަތަ 50 ޝަރީއަތް އޮންލައިންކޮށް ކުރިއަށް ދާކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު މިވަގުތު 3 ޖަލަކުން ކުޑަކުދިނާ ގުޅޭ މައްސަލަތަކަށް ހިދުމަތް ދެމުން ގެންދާކަމަށް ޒަރީރު ވިދާޅުވިއެވެ. އެގޮތުން ކޮމިއުނިޓީއާއެކު ޖުމްލަ 1600 އަށް ވުރެ ގިނަ ގައިދީން ގައިދުކޮށްފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަކީ ޑިޒައިން ކުރެވިގެން ޖަލުތަކެއް ހަދާފަހުރި ތަނެއް ނޫންކަމަށާއި އެކި ދުވަސް ވަރުގަ އެކި ގޮތް ގޮތަށް މީހުން ބަންދުކުރަމުން ދާކަމަށް ޒަރީރު ވިދާޅުވިއެވެ.

އެގޮތުން މާފުށިގައި ހުންނަ ސެންޓްރަލް ޖަލަކީ ކުރިން އެސްޓީއޯ މަސް މަސްފެކްޓަރީ ތަކެއްކަމަށާއި އެތަން އެކި ޒަމާންތަކުގައި ބަދަލުކޮށްގެން ކުރިއަށް ގެންދާކަން ޒަރީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލްޣައްޔޫމްގެ ދައުރުގައި މާލޭގައި 300 މީހުންގެ ޖާގައިގެ ޖަލެއް އަޅާފައިހުރިކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި އެ ޖަލަށް އަލްޓަނޭޓިވް ޖާގަތަކެއް ނެތި ވަނީ ކުރީ ސަރުކާރެއްގެ ނިންމުމާ ގުޅިގެން އެ ސަރުކާރުން ބަންދުކޮށްފައިކަމަށާއި އެކަމުގެ ސަބަބުން ޖާގައިގެ ގޮތުން ގިނަ މައްސަލަތަކެއް ދިމަވެފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މީގެ ކުރީގައި ޒަމާނީ ސެކިއުރިޓީގެ ވަސީލަތްތަކެއް ގާއިމު ނުވުމުގެ ސަބަބުން ހިދުމަތްތައް ދޭން އުނދަގޫތަކެއް ދިމާވެފައިވާކަމަށެވެ.

"މޯލްޑިވްސް ކަރެއްޝަނަލް ސާވިސްގެ ޖަލުތަކުގައި، ޒަމާނީ ސެކިއުރިޓީ އިކުއިޕްމެންޓެއް ގާއިމުވެފައެއް ނުހުރެ، މީގެ ތެރޭގައި، ބެގޭޖް ސްކޭނިން މެޝިންތަކާއި، ބޮޑީ ސްކޭން ކުރާ ސާމާނުތަކާއި، ވަރަށް އާދައިގެ ޑިޓެކްޓާސް ތަކެއް ހުންނަނީ ސެކިއުރިޓީ އިކުއިޕްމެންޓްތަކެއްގެ ގޮތުގައި، އެހެން ވުމުގެ ސަބަބުން ޖަލުތަކުގައި އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރޭ."

ހަސަން ޒަރީރު /ކޮމިޝަނާ އޮފް ޕްރިޒަން

މީގެ އިތުރުން ޒަރީރު ވިދާޅުވީ މިހާރު ބޮޑީ ސްކޭނިން މެޝިންތަށް ރާއްޖެއަށް އެތެރެކޮށް، ގާއިމުކުރުމުގެ މަސައްކަތްތަށް ފެށިފައިވާކަމަށެވެ

ހަމަމިއާއެކު ދިމާވެފައިވާ ޖާގައިގެ ދަތިތަކާ ގުޅިގެން ވޭތުވެ ދިޔަ 2 އަހަރުގެ ތެރޭގައި މޯލްޑިވްސް ކަރެއްޝަނަލް ސާވިސް އިން ވަނީ 124 ޖާގަ ޖަލުތަކުގައި ގާއިމުކޮށްފައިވާނެކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގައި 70 މީހުންގެ ޖާގައިގެ ޖަލެއް ގާއިމުކުރުމުގެ އިތުރުން ހިމްމަފުށީގަ 70 މީހުންގެ ޖާގަ އިތުރުކުރުމަށް ނިންމާފައިވަކަމަށް ޒަރީރު ވިދާޅުވިއެވެ.

އެގޮތުން މިކަމަށްޓަކައި ހުޅުމާލޭގައި ކުރީގެ ކޮވިޑް ފެސިލިޓީއަށް ޖާގަ އިތުރުކުރަމުން ދާކަމަށާއި ކޯޓުތަކަށް ގެންނަ ޖެހޭ މީހުން ކޯޓުތަކަށް ގެނެސް ކޯޓުތަކުގެ ޝަރީއަތް އަވަސް ކުރެވޭނެ ގޮތްތަކުގެ މަތިން މާލެއަށް ގެނެސް އެ ސެލް ތަކުގައި ބަހައްޓަން ހަމަޖައްސާފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ.