އެސްޓީއޯގެ އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ނިންމާފައިވާކަމާށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުގެ އައުޓްލެޓް ތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އިނާމްތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފަރާތުން، މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމްގައި ސޭލްއެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާކަމަށް އެސްޓީއޯ އިން މައުލޫމާތުދިފައިވެއެވެ.

އެގޮތުން، ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކަކުން %70 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެކަމަށާއި މި ދެ ޝޯރޫމުން އެންމެ މަތިން ވިޔަފާރި ކުރައްވާ 2 ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ހަމަޖައްސާފައިވާނެކަމަށް އެސްޓީއޯ އިން މައުލޫމާތުދީފައިވެއެވެ.

މި ހަރަކާތް ކުރިއަށް ދާނީ 21 ޑިސެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ ނިޔަލަށްކަމަށް އެސްޓީއޯ އިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައިވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާކަން ފާހަގަކޮށް އެސްޓީއޯ އިން ބުނީ ޕަލްސް ޗޮއިސް އިން މިއަދު (20 ޑިސެމްބަރު 2025) ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ފިލިޕްސް ސައުންޑް ބާ އެއް ދިނުމަށް ހަމަޖައްސާފައިވާކަމަށެވެ.

ކުރިއަށް އޮތްތާ ވެސް އެސްޓީއޯއިން 61 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭ ގޮތަށް އެކި ހަރަކާތްކަށް ހިންގުމަށް ވަނީ ރޭވިފައިކަމަށާއި މި ހަރަކާތްކަގެ އެންމެ ފަހުގެ މައުލޫމާތުތައް އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އާއްމު ކުރާނެކަމަށް އެސްޓީއޯ އިން މައުލޫމާތުދީފައިވެއެވެ.

މި އަހަރުގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެއް ހަރަކާތަކީ އެސްޓީއޯއިން ކުރިއަށް ގެންދާ 'ސްކެވެންޖަރ ހަންޓް' ކަމަށް އެސްޓީއޯއިން މައުލޫމާތުދީފައިވެއެވެ.

އެގޮތުން އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްގައި އާއްމުކުރާ އަދި އެސްޓީއޯގެ ވިޔަފާރި ސްގްމެންޓްތަކުގެ އައުޓްލެޓްތަކުގައި (އެސްޓީއޯ ޕީޕަލްސް ޗޮއިސް، މާލޭ މަކިޓާ ޝޯރޫމް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރ) ފޮރުވައިފައިވާ 'ހިންޓް' ތައް ބޭނުން ކޮށްގެން އަރަތެއް ފުރިހަމަ ކުރެވޭ ފުރަތަމަ މީހާއަށް އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ ނުވަތަ ޑައިސަންގެ އިނާމެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެސްޓީއޯ އިން ފާހަގަކޮށްފައިވެއެވެ.