މި އަހަރުގެ އުރީދޫ ފަން ރަން ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

އުރީދޫ ފަން ރަން ނިންމާލައިފި
އުރީދޫ ފަން ރަން ނިންމާލައިފި

މި އަހަަރުގެ ފަން ރަން ކުރިއަށް ގެންގޮސްފައިވަނީ މި އަދު ހަވީރު 3:30 އިން ފެށިގެން 6:00 އާ ހަމައަށެވެ.

ފަން ރަން އާ ގުޅުވައި އިތުރު ހަރަކާތްތަކެއް ވެސް އުރީދޫއިން ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރަކާއި ބުރާސްފަތި ދުވަހުގެ ރޭ މިޔުޒިކް ޝޯއެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މިއިން ކޮންމެ އިވެންޓެއްގައި ވެސް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ފަން ރަން ގެ ތެރެއިން ކުލަ ޖެހުމާއި ފޯމް ޕާޓީ އާއި ލަކީޑްރޯއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ލަކީޑްރޯގެ ނަސީބުވެރި ތިން މީހަކަށް ސްރީލަންކާގެ ކޮލޮމްބޯ އަށް ދަތުރު ކުރާ ފްލައިޓް ޓިކެޓް ފިޓްސް އެއާރ ގެ ފަރާތުން ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓް ގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ހިމެނެ އެވެ.

އުރީދޫ ފަން ރަންގެ ތެރެއިން / ފޮޓޯ: އުރީދޫ

ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންގޮސްފައިވަނީ އެކި ގޭމްތަކާއި އިނާމުތަކާއި އެކުގަ އެވެ. މި އިވެންޓުގައި ކުޑަކުދިންގެ މެދުގައި މަގްބޫލު ރޮބޮމޭން އާއި ފްރީ ފްލައިން މޯލްޑިވްސްގެ ފަރާތުން މަކާއޯ ދޫނިތަކެއް ދައްކާލާފައިވެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮތް މިޔުޒިކް ޝޯގައި ހަބޭސް ބޮޑުބެރު، އިކުއެޓިކް ވައިބް، ސިމްބޮލިކް ރެކޯޑްސް އަދި ޓްރެފިކް ޖޭމްގެ ހަރަކާތްތައް ފެނިގެން ގޮސްފައިވެ އެވެ.

ކޮމިއުނިޓީ ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫއިން ދަނީ އާއިލާތައް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދެމުންނެވެ. މި އަހަރުގެ ފަން ރަން އަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައިވެ އެވެ.