އުރީދޫ ފަން ރަންގައި ބައިވެރިންނަށް އުރީދޫ މޯލްޑިވްސް އިން ފަން ރަން ދުވަހު ހާއްސަ ލަކީޑްރޯއެއް ކުރިއަށް ކުރިއަށްދާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

އުރީދޫ ފަން ރަން ގައި ފިޓްސް އެއާރ އަދި ބޫޓްރޫމް ގެ ސަޅި އިނާމުތަކެއް
އުރީދޫ ފަން ރަން ގައި ފިޓްސް އެއާރ އަދި ބޫޓްރޫމް ގެ ސަޅި އިނާމުތަކެއް

އުރީދޫ ފަން ރަންގައި ބައިވެރިވުމުން މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

މި ލަކީޑްރޯގެ ނަސީބުވެރި ތިން މީހަކަށް ސްރީލަންކާގެ ކޮލޮމްބޯ އަށް ދަތުރު ކުރާ ފްލައިޓް ޓިކެޓް ފިޓްސް އެއާރ ގެ ފަރާތުން ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓް ގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ހިމެނެ އެވެ.

މި ލަކީޑްރޯ ލައިވްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގައި ހުންނަ އުރީދޫ ފަން ރަން ސްޓޭޖުގައެވެ.

އުރީދޫ ފަން ރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އުރީދޫ ފަން ރަންގެ ހަރާކާތްތައް ފެށުމަށް މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި މިރޭ 8:00 އިން ފެށިގެން 12:00 އާ ހަމައަށް ފަން ރަން މިޔުޒިކް ޝޯ ކުރިއަށް ދާނެ އެވެ. މި މިޔުޒިކް ޝޯ ގައި ހަބޭސް ބޮޑުބެރު، އިކުއެޓިކް ވައިބް، ސިމްބޮލިކް ރިކޯޑްސް އަދި ޓްރެފިކް ޖޭމްގެ އެކި ހުށަހެޅުންތައް ފެނިގެންދާނެ އެވެ.