މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށްދީފި އެވެ.

ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށްޓަކައި ޔޫތު ހަބްގައި ރޭ ހަފްލާއެއް ބާއްވާފައެވެ.

އެގޮތުން އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުމުގެ ދާއިރާއިން މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް ލިބުނީ ވިމެން އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް ތިނަދޫއަށެވެ. ޚާއްސައެހީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ލިބުނީ ކެއާރ ސޮސައިޓީއަށެވެ.

މީގެ އިތުރުން ތަޢުލީމީ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ތުޅާދޫ ސިލްވަރޝައިން ކުލަބް އަށް ލިބުނު އިރު ދިވެހިންގެ ޘަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ހާސިލް ކުރީ ޝާއިރުންގެ ވާދީއެވެ. ތިމާވެށީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ހާސިލް ކޮށްފައިވަނީ ކްލީން މޯލްޑިވްސްއެވެ.

ހަމަ މިއާއެކު ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމަޢުއަކަށް މަސައްކަތް ކުރުމުގެ ދައިރާ އިން ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު ލިބުނީ އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްއަށެވެ. މަސްތުވާތަކެތިން މުޖްތަމަޢު ރައްކާތެރިކުރުމުގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ހާސިލް ކޮށްފައިވަނީ ގިރިންދާއެވެ.

މި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދީފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑު މިރޭ 7 ޖަމިއްޔާއަކަށްލިބުނު ނަމަވެސް 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު ވަޒަން ކުރަން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމާފައިވާކަމަށެވެ.