މާލެ ސަރަހައްދަށް އަދިވެސް ވައި ނުސާފު ކަމަށާއި، ނަމަވެސް މިރޭ ނޫނީ މާދަމައިން ފެށިގެން ވައި ނުސާފުވުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.

މިއަދު މާލޭގެ ވައިގެ ނުސާފުކަން ހުރި މިންވަރު އަންގައިދޭ އައިކިއު އެއާ ވެބްސައިޓުން ދައްކާ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 27.5 މައިކްރޯގްރާމުގައިކަމަށް އެއީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 5.5 ގުނަ ބޮޑު އަދަދެއްކަން ފާހަގަކުރެވެއެވެ.

އައިކިއު އެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ޕާޓިކިއުލޭޓް މެޓާ، ނުވަތަ ކުދި ހިރަފުހާއި ދުމާއި ކެމިކަލްތައް އުޅެނީ 2.5ގެ މިންގަނޑުގައެވެ. މާނައަކީ މާލޭގެ ވައިގައި ދުމާއި ކުނޑިއާއި ހިރަފުސް ފަދަ، ނޭވާލާ ނިޒާމަށް ވަންނަ ބާވަތްތައް ވައިގެ ތެރޭގައި އުޅޭ ކަމެވެ.

ހަމަ އެހެންމެ އައިކިއު އެއާއިން ދައްކާ ގޮތުގައި މާލޭގެ ވައިގެ ކޮލިޓީ މިއަދު އުޅެނީ 85 ގައެވެ. މާނައަކީ ވައިގެ ކޮލިޓީގައި މައްސަލައެއް ނެތް ނަމަވެސް، ނުސާފު ވައިގެ ސަބަބުން ސިއްހީ ހާލަތްތައް މެދުވެރިވާ މީހުންނަށް އަސަރުކުރުން އެކަށީގެންވެއެވެ.

ދުމާއި ހިރަފުސް ފަދަ ތަކެތި ނޭވާލާ ނިޒާމަށް ވަންނަލެއް އިތުރު ނަމަ، ސިއްހީގޮތުން ބޮޑެތި އަސަރުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަދު މާލޭގެ ވައިގެ ނުސާފުކަން ހުރި މިންވަރު އަންގައިދޭ އައިކިއު އެއާ ވެބްސައިޓުން ދައްކާ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 27.5 މައިކްރޯގްރާމުގައިކަމަށް އެއީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 5.5 ގުނަ ބޮޑު އަދަދެއްކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން މެޓުން ވަނީ މާލެ ސަރަހައްދަށް މިއަދު ވެސް ވައި ނުސާފު ކަމަށާއި، ނަމަވެސް ވިއްސާރައާ އެކީ މާދަމާ އެކަން ރަނގަޅުވާނެ ކަމަށް މައުލޫމާތުދީފައެވެ.

އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް، އުތުރަށާއި މެދުރާއްޖެތެރެއަށް މާދަމާ ވިއްސާރަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދަށް ވައި ނުސާފުވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިއްޔެ އޮރެންޖު އެލާޓު ނެރެފައިވީއުރު މިރޭ 8 ގެ ފަހުން ކުރިއަށް އޮތް ދެދުވަހަށް ޔެލޯ އެލާޓު ނެރޭނެކަމަށް ލަފާކޮށްފައިވާއިރު ހުކުރު ދުވަހު ގްރީން އެލާޓް ނެރޭނެކަމަށް އައިކިއު އެއާއިން ލަފާކޮށްފައިވެއެވެ.

އެޗްޕީއޭއިން ވަނީ މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން މާސްކު އެޅުމާއި ނުސާފު ވައި ގެއަށް ނުވަންނާނެހެން ދޮރުތައް ބަންދު ކުރުމާއި އެއާ ޕިޔުރިފައި ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ގެއިން ބޭރުގައި މިދުވަސްވަރު ކަސްރަތު ކުރުމާއި ކުޅިވަރުތައް ކުޅުން މަޑުޖައްސާލުމަށް އެދިފައިވެ އެވެ. "އައިކިއު އެއާ" އެޕް ނުވަތަ ވެބްސައިޓު ބޭނުންކޮށްގެން ވައި ނުސާފު މިންވަރު ބަލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.