ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މެނޭޖަރު ލެވެލްގެ 13 މަގާމަކަށް މީހުން ހޯދުމަށް ބޮޑު މުސާރައަކާއެކު އިއުލާންކޮށްފިއެވެ.

މި މަގާމުތަކަށް ހޮވޭ ފަރާތްތަކަށް 20،000ރ. އާއި 45،000ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ޑީބީއެމްއިން ވަނީ ބުނެފައެވެ. މަގާމުތަކަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 އެވެ.

ޑީބީއެމްއިން ވަކިވަކިން ކުރި އިއުލާންތަކުގައި ހިމެނޭ މުހިންމު މަގާމުތަކުގެ ތެރޭގައި މާކެޓިން އެގްޒެކެޓިވްއަކާއި، ތިން ފައިނޭންސް މެނޭޖަރުންނާއި، ދެ ކޮމްޕްލަޔަންސް މެނޭޖަރުންނާއި، ދެ ފްރޮންޓް އޮފީސް އެގްޒެކެޓިވުން ހިމެނެއެވެ.

މީގެ އިތުރުން މެނޭޖަރު ލެވެލްގެ މަގާމުތަކުގެ ތެރޭގައި އައިޓީ މެނޭޖަރަކާއި، އެޗްއާރު އެންޑް އެޑްމިން މެނޭޖަރަކާއި، ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި، ލީގަލް މެނޭޖަރެއް އަދި އިންޓާނަލް އޮޑިޓް މެނޭޖަރެއްވެސް ހޯދުމަށް ވަނީ ހުޅުވާލާފައެވެ.

ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން، މިދިޔަ އޮކްޓޫބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޑީބީއެމްގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ. އަދި ބޭންކު އޮޕަރޭޝަނަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް އޭނާ ވަނީ ހިއްސާކުރައްވާފައެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގައެވެ.

މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި އުފެއްދި ކުންފުންޏެކެވެ. މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް މި ބޭންކުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެ