އުރީދޫ ފަން ރަންގެ ހަރަކާތްތައް 18 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހު ކުޑަކުދިންގެ ހަވީރަކާއެކު ފެށުމަށް ނިންމާފައިވާކަން އުރީދޫއިން ހާމަކޮށްފި އެވެ.
އުރީދޫ ފަން ރަން ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރަކީ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ އުފާވެރި އިވެންޓްކެވެ. މި ހަރަކާތް ކުރިއަށްދާނީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
ކޮމިއުނިޓީ ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫއިން ދަނީ އާއިލާތައް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދެމުންނެވެ.
އެގޮތުން މި ހަރަކާތުގައި އެންމެ ހާއްސަ އެއް ހަރަކާތުގެ ގޮތުގައި ކުޑަކުދިންގެ މެދުގައި މަގްބޫލު ރޮބޯމޭން ކުޑަކުދިންނާއެކު ވަގުތު ހޭދަކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މި އަހަރުގެ ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމްތަކާއި އިނާމުތައް ހިމެނިފައިވެއެވެ. އަދި ފްރީ ފްލައިން އެސޯސިއޭޝަނުން ވެސް މި ހަރަކާތުގައި މަކާއޯ ދޫނިތައް ދައްކާލާނެ އެވެ.
މި ހަރަކާތަކީ އުރީދޫ ފަން ރަން 2025 އަށް ތައްޔާރުވުމުގެ ގޮތުން ކުޑަކުދިންނަށް ހިތްފަސޭހަ، ހިތްގައިމު އަދި އާއިލާއާ ރައްޓެހި މާހައުލެއް ގާއިމްކޮށްދޭނެ އިވެންޓެއް ކަމަށް އުރީދޫއިން ބުނެ އެވެ.
މި އިވެންޓަކީ ހިލޭ ކޮންމެ މީހަކަށް ވެސް ހުޅުވާލެވިފައިވާ އިވެންޓެކެވެ. އުރީދޫ ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސް ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ އެވެ.