ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގަތީ ކެނެބިސް ފަތް ކަމަށާއި އެތަކެތީގެ ބަރުދަނުގައި 3 ކިލޯގްރާމް (3050 ގްރާމް) ހުރި ކަމަށެވެ.
ކަސްޓަމުން އިތުރަށް ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 2.4 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް ކަސްޓަމުން ބުނެއެވެ. ނަމަވެސް އެތަކެތި އެތެރެ ކުރަން ކޮން ގައުމެއްގެ މީހެއްކަމެއް އަދި އިތުރު ތަފްސީލެއް ކަސްޓަމަސްއިން ހާމަކޮށްފައެއްނުވެއެވެ.