ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އަދަދު 14938 އަށް އަރައިފި ކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އޭގެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޖުމްލަ 14938 މީހަކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ.

އެގޮތުން 18 އަހަރުން ދަށުގރ އުމުރުފުރާގެ ޖުމްލަ 5050 ކުދިން ރަޖިސްޓްރީ ވެފައިވާކަމަށް އެންސްޕައިން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 1524 އަންހެން ކުދިންނާއި 3526 ފިރިހެންކުދިންނެވެ.

18 އަހަރާއި 65 އަހަރާދެމެދުގެ ޖުމްލަ 7613 މީހުން ރަޖިސްޓްރީ ވެފައިވާކަން ފާހަގަކޮށް އެންސްޕަ އިން ބުނީ މި އުމުރުފުރާގައި 3701 އަންހެނުނާއި 3912 ފިރިހެނުން ހިމެނޭ ކަމަށެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ އުމުރުފުރާކަންވެސް ފާހަގަކޮށްލެވެއެވެ.

މިއާއެކު 65 އަހަރުން މަތީ އުމުރުފުރާގެ ޖުމްލަ 2275 މީހުން ރަޖިސްޓްރީ ވެފައިވާކަމަށް އެންސްޕާ އިން ބުނެފައި ވެއެވެ. އެގޮތުން މި އުމުރުފުރާގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ ތެރެއިން 1044 މީހުންނަކީ އަންހެނުންކަމަށާއި 1231 މީހުންނަކީ ފިރިހެނުންކަމަށް އެންސްޕާ އިން މައުލޫމާތުދެއެވެ.

މީގެއިތުރުން އެންސްޕާއިން ބުނީ ނޮވެމްބަރ މަހު އަލަށް 144 މީހަކު ރަޖިސްޓްރީވެފަައިވާކަމަށެވެ.

އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ގޮތުގެ މައުލޫމާތުވެސް އާންމުކޮށްފަ އެވެ. އެގޮތުން 14708 މީހަކަށް މާލީ އެހީގެ ހަރަދުގެ ގޮތުގައި 53،733،000 ރުފިޔާ ހަރަދުކޮށްފައިވާނެކަމަށް އެންސްޕާއިން މައުލޫމާތުދެއެވެ.

އެންސްޕާ އަކީ މިވަގުތު ރާއްޖޭގައި އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ބެލެހެއްޓުމާއި، ހެލްތު އިންޝުއަރެންސް ހިމެނޭ ގޮތަށް ނާޒުކު ރައްޔިތުންނަށް މާލީ އެހީތެރިކަމާއި، އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ.