ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައި ވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނަގަން އެމްޕީއެލްއިން މިއަދު އެދިއްޖެއެވެ.
އެކަމާއި ގުޅޭގޮތުން އެމްޕީއެލްއިން ކުރި އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނުމަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނިންމަން ހަމަޖެހިފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި އެ މަސައްކަތުގެ ތެރެއިން، މާލޭ ނޯތުހާބަރު ސަރަހައްދުގެ މަސައްކަތް އަންނަ ހޮނިހިރުގައި
މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ސެގްމެންޓަކަށް ބަހާލައިގެންނެވެ. މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރު ހިމެނޭ ސަރަހައްދެކެވެ. އެގޮތުން، މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު އަންގައި ދިނުމުގެ ގޮތުން، ވާޓާރުގައި މާކު ޖަހާފައިވާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން އެދުނީ ފުރަތަމަ ސެގްމެންޓުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އުޅަނދުތައް، އަންނަ ހުކުރު ދުވަހުގެ މެންދަމު 00:00 ގެ ކުރިން ނެގުމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިންމާ މިހާރު ވަނީ ހުޅުވާލާފައެވެ. ފުރަތަމަ ސެގްމަންޓްގެ ދަށުން މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ތާރު އަޅައި ޒަމާނީ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ.