ޔޫތު ހެކަތޯންގެ އެއްވަނަ ހޯދައި "ސީ ސްޓޭކް" ޓީމުން އެއްލައްކަ ރުފިޔާ ހާސިލްކޮށްފި އެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިޔަށް ގެންދިޔަ މޯލްޑިވްސް ޔޫތު ހެކަތޯން އިން އެއްވަނަ "ސީ ސްޓޭކް" ގެ ޓީމު ހޯދައިފިއެވެ.
މި ހެކަތޯންއިން އެއްވަނަ އަށް ދިޔަ "ސީ ސްޓޭކް" ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް އެގެޒެކެޓިވް އޮފިސަރ ހާލިދު އަލް ހަމާދީއެވެ. މި ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ "ވޭވް މައިންޑްސް" އެވެ. މިހަފްލާގައި ރަނަރަޕް ޓީމް "ވޭވް މައިންޑްސް" އަށް ހަތްދިހަ ފަސްހާސް ރުފިޔާ އަދި ތިން ވަނަ އަށް ހޮވުނު "ސިކް ސޭވެން" ޓީމަށް ފަންސާސްހާސް ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.
މި ހެކަތޯންގައި ޕިޗް ކުރުމަށް ހަތަރު ދާއިރާއެއް ހުޅުވާލިއެވެ. އެއީ ސްޕޯޓްސް ފިޓްނަސް އެންޑް އެކްޓިވް ލައިފްސްޓައިލް، މެންޓަލް ވެލްނެސް އެންޑް ރެސިލެންސް، ޔޫތު ވެންޗަސް އެންޑް ގިގް އިކޮނޮމީ އަދި އާރޓްސް ކަލްޗަރ އެންޑް ޑިޖިޓަލް ކްރިއޭޓިވިޓީއެވެ.
މި ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައި ދިނުމެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދުމަށް ވެސް ހެކަތޯން މަގުފަހިކޮށްދީފައިވެ އެވެ.
11 ޑިސެމްބަރުން ފެށިގެން 13 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މެދުނުކެނޑި 48 ގަޑި އިރަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި މި ހަރަކާތުގައި 85 ޒުވާނަކު ބައިވެރިވިއެވެ. މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި ކޯޕާޓްނަރ އަކީ ވިމެން އިން ޓެކްއެވެ