ޖަލުތަކުގައި ތިބޭ ގައިދީން ކުރާ ކޯލްތައް ރިޕޯޓުކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އެދެފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޖަލުތަކުގައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅާ، ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގަމުންދަކާން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މިފަދަ ކޯލްތައް ރިޕޯޓުކުރެވޭނެ އިންތިޒާމެއް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން، ޖަލުތަކުން ކުރާ ކޯލެއްކަމަށް ޝައްކުކުރެވޭނަމަ، http://onegove.mv/entities/MCS މި ލިންކު މެދުވެރިކޮށް، ގުޅި ނަންބަރުގެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން އެދިފައިވެ އެވެ.
ޖަލުތަކަށް ފޯނު ވައްދައިގެން ގައިދީން ކޯލްކޮށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާކަން ވެސް ފާހަގާކުރެވެ އެވެ.
ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދަނީ ޖަލު އޮފިސަރުންގެ އެހީތެރިކަމާއެކު އެވެ. އަދި އެފަދަ ތަކެތި ޖަލަށް ވައްދައިދޭ އޮފިސަރުންނަށް ފައިސާ ޖަމާކޮށްދެނީ، ގައިދީންނާއި އެ ގައިދީންނާ ގުޅުންހުރި އެކައުންޓުތަކުންނެވެ.