މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަމަށް ވަގުތާ ސަރުކާރުން ކުރަން ޖެހޭ ހޭދަވެސް ބޮޑު ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަމަށް ވަގުތާ ސަރުކާރުން ކުރަން ޖެހޭ ހޭދަވެސް ބޮޑު ކަމަށް އެހެން ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދަވާނެ ކަމަށެވެ.
ރ ދުވާފަރުގައި ފެށި މަސްވެރިންގެ ގުންޒަރުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންގެ ދުވަހު މި ބާއްވާ މަސްވެރިންގެ ގުންޒަރަކީ ހުރިހާ މަސްވެރިން އެއްތަންވެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކޮށް އެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންނާ ގުޅުން ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށްވާތީ އެކަންކަން ހައްލުކުރުމަށް ވަގުތުވެސް ނަގާ ކަމަށާ އެކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑުކަމަށެވެ.
ރާއްޖޭގައިވެސް މި ސިނާއަތް އޮންނަނީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްގެންދެވޭ ކަހަލަ ގޮތަކަށްކަމަށާ މިގޮތަށް ކުރިއަށްގެންދިއުމުގައި ގޮންޖެހުންތަކެއް ސަރުކާރަށްވެސް ހުންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް މަހުގެ އަގު ސަރުކާރުން ކަނޑައަޅާ އޭގެ ސަބަބުން ބޭރުގެ މާކެޓްތަކުގަ އުނދަގޫވާ ހާލަތްތަކުގައި ސަރުކަރުގެ ކޭޝް ފްލޯއަށްވެސް ދަތިވާ ފަހަރު އަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި ހުރި ގޮންޖެހުންތަކާ އެކުވެސް މަސްވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭ ރައީސް މުއިއްޒުގެ ހުރިހާ ވައުދުފުޅެއް ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން ޝިޔާމް ދެއްވިއެވެ.