އުރީދޫ ފަން ރަން މިއުޒިކް ޝޯ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
ފަން ރަން މިޔުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައި އޮތީ 18 ޑިސެމްބަރު ވަނަ ދުވަހުގެ ރޭ 8:00 އިން ރޭގަނޑު 11:59 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
އުރީދޫ ފަން ރަން 2025 ފެސްޓިވަލްގެ ތެރެއިން މިއަހަރުގެ މިއުޒިކް ޝޯ ގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑް ތައް ހިމެނެއެވެ. މި ޝޯގައި ޕާފޯމްކުރާ ބޭންޑުތަކުގެ ތެރޭގައި މަޝްހޫރު ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް ހިމެނެ އެވެ.
އުރީދޫ ފަން ރަން މިއުޒިކް ޝޯވ އަކީ އާންމުންނަށް ހުޅުވާލެވިފައިވާ ޝޯއެކެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ސެންޓްރަލް ޕާކުގައި އުރީދޫ ފަން ރަންގެ ކުރީ ދުވަހުގެ ރެއެވެ.
މި މިޔުޒިކް ޝޯ އާއެކު ފަން ރަންގެ ބައިވެރިންނަށާއި، އާއިލާތަކަށާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް އަދި މުޅި މުޖުތަމައަށް ހިތްގައިމު މާހައުލެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އުފާވެރިކަން ދައްކުވައިދޭ ހަރަކާތެއްގެ ގޮތުގައި އުރީދޫއިން ސިފަ ކުރެ އެވެ. މި މިއުޒިކް ޝޯ އަކީ އަބަދުވެސް ކްރައުޑްގެ ފޭވަރިޓެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ މީހުން އެއްތަނަކަށް އެއްކޮށް، އެކްޓިވް ދިރިއުޅުމަށް ހިތްވަރުދީ، ދިވެހި ހުނަރު ދައްކާލުމަށް ހިތްވަރު ދިނުމެވެ