އަނެއްކާވެސް ސްރީ-ލަންކާއަށް މޫސުން ގޯސްވާނެ ކަމަށް ބުނެ އެ ގައުމުގެ 7 ސަރަހައްދަކަށް ރަތް ސަމާލު ނެރެފިއެވެ.

ބީބީސީއިން ކޮންމެ ދުވަހަކު ގެނަސްދޭ މޫސުން ޚަބަރުގައި މިއަދު ބުނެފައި ވަނީ ސްރީ-ލަންކާ ކައިރީ އުފެދިފައި އޮތް ކޮޅީގަނޑު ތޫފާނަކަށް ބަދަލުވުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށެވެ.

މި ކޮޅިގަނޑު ދަތުރުކުރަނީ ބަންގާޅު ކަނޑުގެ ހުޅަނގަށްކަމަށާއި، ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވިޔަސް ނުވިޔަސް، މިއަދާއި މާދަމާ ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބީބީސީގެ މޫސުމީ ޚަބަރު ގެނެސްދޭ ރިޕޯޓަރު ލުއިސް ލިއާ ބުންޏެވެ. ސްރީ-ލަންކާގެ މެޓް ޑިޕާޓްމަންޓުން ވަނީ މިރޭ 11:00 އާ ހަމައަށް، ގަދަ ވިލާގަނޑެއްގެ އެޑްވައިޒަރީއެއް ނެރެ، 7 ޑިސްޓްރިކްޓަކަށް ރެޑް އެލާޓް އަދި 5 ޑިސްޓްރިކްޓަކަށް އެމްބަރ އެލާޓް ނެރެފައެވެ.

އަނެއްކާވެސް ލަންކާއަށް މޫސުން ގޯސްވަމުން އަންނަ އިރު ނިމިދިޔަ ހަފްތާގައި ތޫފާން ދިތުވާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަދި އެ ގައުމަށް މުޅިން އަރައިނުގަނެވޭކަން ފާހަގަކޮށްލެވެއެވެ.